23 Mar 2021, 11:33
ކުޅުދުއްފުށި ސިޓީގައި މި މަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ފުރާވަރު އުމުރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
މައުލޫމާތު އެނގޭ މީހަކު 'ސަން' އަށް ބުނީ އެކްސިޑެންޓު ހިނގީ، އެކުއްޖާ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި އެކުއްޖާގެ ބަނޑަށް އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައި ކަން އެނގިފައިވެ އެވެ. ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.