23 Mar 2021, 08:48
50 ޓަނުގެ ޑީސަލް ބަރުކޮށްގެން، މާލެއިން ފުރި ދޯންޏެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ފަރަށް އެރީ މާލެ އިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ސްނޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
އެ ދޯނި އަރާފައި ވަނީ ށ. ކީކިމިނި ކައިރިން، ބޮލިސްތާ ފަރަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ދޯނި ފަރަށް އެރި އިރު، ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.
އެމްއެންޑީއެފް އިން ބުނީ ޑީސަލް ހުރީ ފީފާތަކުގައި ކަމަށާއި އެއްވެސް ވަރަކަށް ކަނޑަށް ޑީސަލް އެޅިފައި ނުވާ ކަމަށެވެ.
އެމްއެންޑީއެފް އަށް އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 03:09 ހާއިރު އެވެ.