21 Mar 2021, 22:38
ހުޅުމާލޭ ގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތިން 11 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީ އިން ބުނީ ފިޔަވަތިން ފުރަތަމަ ކޭސް ފެނުނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.
އެތަނުން މިހާތަނަށް ފަސް މުވައްޒަފަކާއި ހަ ކުއްޖަކު ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްއީއޯސީ އިން ބުންޏެވެ.
ފިޔަވަތިން ކޮންޓެކްޓުންގެ ގޮތުގައި 20 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށާއި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 140 ފަރާތެއް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.
މިހާތަނަށް ރާއްޖެއިން 22،513 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 66 މީހަކު ވަނީީ ބަލީގައި މަރުވެފަ އެވެ.
މިހާތަނަށް 20،004 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.