މިއަދު އިތުރު 140 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްއީއޯސީ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެއިން 102 މީހަކު، އަތޮޅު ތެރެއިން 17 މީހަކު، ރިސޯޓުތަކުން 14 މީހެއް އަދި ލިވަބޯޑުތަކުން ހަ މީހެއް، ހަދަމުންދާ ރިސޯޓުތަކުން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިވަގުތު 2،436 މީހަކު ކޮވިޑް19 އަށް ފަރުވާ ހޯދަމުންދާއިރު، 95 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް16 ގައި ތިބި ދެ މީހަކާއި ހުޅުމާލޭ ފެސިލިޓީގައި ތިބި 89 މީހެއްގެ އިތުރުން ށ. ފުނަދޫ ފެސިލިޓީގައި ތިބި ދެ މީހަކާއި، ގއ. ވިލިނގިލީ ފެސިލިޓީގައި އޮތް މީހެއްގެ އިތުރުން ލ. ގަން ފެސިލިޓީގައި އޮތް މީހެކެވެ.

މިހާތަނަށް ރާއްޖެއިން 22،513 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 66 މީހަކު ވަނީީ ބަލީގައި މަރުވެފައެވެ.

މިހާތަނަށް 20،004 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ 107 މީހަކު ވަނީ ބަލިންް ރަނގަޅުވެފައެވެ.