ކޮވިޑް19ގެ ފުރަތަ ޑޯޒް ޖެހުމަށްފަހު ވެކްސިން ޖެހިތާ އަށެއް ނުވަތަ 12 ހަފްތާ ވުމުގެ ކުރިން ބޭސްފަރުވާ އަށް ނުވަތަ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާނަމަ، ފުރަތމަ ޑޯޒް ޖެހިތާ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެްންސީ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކުން 1676 އަށް ގުޅާ ނަންނޯޓު ކުރުމުން ނުވަތަ[email protected]އަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

ވެކްސިން ޖެހުމަށް ނަންނޯޓު ކުރުމުން އެޕޮއިންޓު ހަމަޖައްސައި، ވެކްސިން ޖަހަން ދިޔުމަށް އަންގާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދާއިރު ގެންދަން ޖެހޭ ތަކެތި

  • ފުރަތަމަ ޑޯޒް ޖެހި ވެކްސިން ކާޑު

  • އައިޑީ ކާޑު
  • ޓިކެޓް ނުވަތަ ދަތުރަށް ފުރާކަން އެނގޭނެ ލިޔުން
  • ބޭސް ފަރުވާއަށް ފުރަންޖެހޭކަމުގެ ލިޔުން
  • ދަރިވަރެއް ނަމަ ޔުނިވާސިޓީގެ ލިޔުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު

ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ފުރަތަމަ ދޭން ފެށީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ފަހުން މި މަހުގެ 15 ގެ ނިޔަލަށް މާލެ ސަރަހައްދުގައި ވެކްސިްގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ. އެހާތަނަށް ދީފައިވަނީ އިންޑިއާގެ ސީރަމް އިންސްތިޓިއުޓް އިން އުފައްދާ ކޮވިޝީލްޑް ވެކްސިން އެވެ.

މި މަހުގެ 15 އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ސައިނޮފާމް ވެކްސިން ދޭން ފަށާނެއެވެ. ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާއިރު ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަވާނެއެވެ.