ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އަކާ ގުޅިގެން ފ. ނިލަންދުއަށް އަރައިފޭބުން މަނާކޮށްފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، ނިލަންދޫ އިން ޕޮޒިޓިވްވެފައި ވަނީ، ފުރަބަންދު ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

ނަމަވެސް އޭނާއާ އިތުރު ބަޔަކާ ކޮންޓެކްޓުވެފައިވާ ކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހަދައި ކޭސް އިންވެސްޓިގޭޓް ކުރަން، އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނީ ކޮންޓެކްޓުންގެ ކިބައިން ބަލީގެ އަލާމާތް ފެންނަ ކަމަށެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ސާވޭއަކަށް ނިލަންދުއަށް ދިޔަ އެންވަޔަރަމެންޓް މިނިސްޓްރީގެ މުވައްޒަފެއް ކޮވިޑް19އަށް ޕޮޒިޓިވްވެ، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައި ވެސް އެރަށް މޮނިޓަރިންގ އަށް ލިއެވެ.