އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އެކަން "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މަބްރޫކް ވިދާޅުވީ ފިޔާޒްގެ އިސްތިއުފާގެ ސިޓީ މިހާރު ރައީސް އޮފީހަށް ލިބިފައިވާ ކަމަށެވެ.

ފިޔާޒް އިސްތިއުފާ ދެއްވި އިރު، "އަދަދު" ގެ ނަމުގައި ފަށަން ތައްޔާރުވާ ނޫހުގައި އޭނާގެ މަސްލަހަތު އޮންނަކަން ވަނީ ހާމަވެފަ އެވެ.

ރާއްޖެޓީވީގެ ސީއީއޯގެ މަގާމު ވެސް މީގެކުރިން ފުރުއްވި ފިޔާޒް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ފިޔާޒު މޫސާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފަައި ހުންނެވި ފަރާތެކެވެ.