21 Mar 2021, 07:27
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ގުޑް ލަކް ޖެރީ"ގެ ޝޫޓިން ނިންމާލައިފި އެވެ.
އާނަންދު އެލް ރާއީގެ ޕްރޮޑަކްޝަނުގެ ދަށުން މި ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކުރަމުން ޖާންވީ ބުނީ މި ފިލްމުގެ ޝޫޓިންގެ ދުވަސްވަރު ވަރަށް ކަންތައްތައް ހިނގި ކަމަށާއި ގިނަ ކަންތައްތަކެއް މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައިރު އެނގުނު ކަމަށެވެ.
ފިލްމުގެ ޝޫޓިން ދުވަސްވަރު ވެގެންދިޔައީ މަޖާ ދުވަސްކޮޅަކަށް ކަމަށާއި ޝޫޓިން ނިމުމާއެކު އެންމެންގެ މަތިން ހަނދާންވާން ފަށައިފި ކަމަށެވެ.
ސިދާތު ސެން ގުޕްތާގެ ޑައިރެކްޝަނަކަށް ފިލްމު ގެނެސްދޭއިރު މި ފިލްމުގައި ދީޕަކް ޑޮބްރިޔަލް، މީތާ ވަޝިޝްތް، ނީރަޖް ސޫދު އަދި ސުޝާންތު ސިންހް ވެސް ހަރަކާތްތެރިވާނެ އެވެ.