ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން އާ ބަތަލު އިމްރާން ހާޝިމީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޗެހެރޭ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަމީތާބު ވަކީލެއްގެ ރޯލުން މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ މިސްޓްރީ ތްރިލާއެކެވެ. ރުމީ ޖެފްރީގެ ޑައިރެކްޝަނުގެ ދަށުން ފިލްމު ގެނެސްދޭއިރު މި ފިލްމަކީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ވެސް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުވެގެންދާނީ ސުޝާންތު މަރުވިފަހުން ރިއާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ތަރިންގެ އިތުރުން ފިލްމުގައި ބަތަލާ ކްރިސްޓަ ޑި ސޫޒާ، ސިދާންތު ކަޕޫރު، އައްނޫ ކަޕޫރް ވެސް ފެނިގެންދާނެއެވެ. ޗެހެރޭ އަކީ އަންނަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ އަނާންދް ޕަންޑިދު ޕްރޮޑިއުސްކުރާ ފިލްމެކެވެ.