ރާއްޖެއިން މިއަދު 145 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 104 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންގެ އިތުރުން ތަރައްގީ ކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި ފަސް މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 22،292 އަށް އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،447 މީހުން ތިބިއިރު، އޭގެ ތެރެއިން 120 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު 131 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 19،773 އެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 65 މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިއަދު ވެކްސިން ދިން 449 މީހުންނާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު 218،046 އަށް ވަނީ އަރާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 121،630 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 96،416 މީހުންނެވެ.