18 Mar 2021, 22:28
ރާއްޖެއިން މިއަދު 186 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 151 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހުން ކަމަށެވެ.
މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 22،147އަށް ވަނީ އަރާފަ އެވެ.
މިވަގުތު 2،433 އެކްޓިވް ކޭސް ހުރިއިރު، އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 121 މީހުންނަށެވެ.
މިއަދު 123 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 19،642 އެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު ވަނީ މަރުވެފަ އެވެ. އެއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަަދަދު ވަނީ 65 އަށް އަރައިފަ އެވެ.
މިއަދު 1،745 މީހަކު ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، ވެކްސިން ޖެހި މީހުންގެ ޖުމްލަ އަކީ 217،597 އެވެ.