18 Mar 2021, 22:24
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ އުމުރުން 79 އަހަރުގެ އަންހެނެކެވެ.
އެއާއެކު ކޮވިޑް19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 65 އަށް އަރައިފަ އެވެ.
ރާއްޖެއިން މިއަދު 186 މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފަ އެވެ. މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 22،147އަށް ވަނީ އަރާފަ އެވެ.
މިވަގުތު 2،433 އެކްޓިވް ކޭސް ހުރިއިރު، އޭގެ ތެރެއިން 121 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިއަދު 123 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 19،642 އެވެ.