މިއަދު ހެނދުނު އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.

އެމީހާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު އެވެ.

އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި މޭކަށިގަނޑާއި ވައަތު ކޮޑު ކަޑިގަނޑުވެސް ބިނދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ހަންކެޑެ ހިސާބުގައި ހިނގި އެ އެކްސިޑެންޓު ފުލުހުން އަންނަނީ އިތުރަށް ބަލަމުންނެވެ. އެކްސިޑެންޓު ހިނގި ގޮތެއް ސާފެއް ނުވެ އެވެ.