އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި މީހަކަށް ދަށު ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ކުޑަ ކުއްޖަަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކ. ގާފަރު، އޯކިޑުމާގެ / ޢަބްދުއްސަލާމްގެ މައްޗަށެވެ.

އޭނާއަށް ކޮށްފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.

އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމައިފަ އެވެ.