ދާދިފަހުން ރާއްޖޭގައި އުފަންދުވަސް ފާހަގަކުރި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝްރައްދާ ކަޕޫރު އަނެއްކާވެސް ރާއްޖެ އައިސްފި އެވެ.

ބަތަލާ މިފަހަރު ރާއްޖެ އައީ އޭނާގެ މަންމަ އާ ބައްޕަ އާއެކުގައެވެ. ވޮއްމުލި ރިސޯޓުގެ ހިތްގައިމު މާހައުލުގައި ޝްރައްދާ ޗުއްޓީ ހޭދަކުރަމުން އަންނައިރު އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ގޮތުގެ ފޮޓޯތަކާ ވީޑިއޯތައް އަންނަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ.

މި މަހު ކުރީކޮޅު ޝްރައްދާ ރާއްޖެ އައީ އޭނާގެ ދެބޭންގެ ދެދަރި ޕްރިޔާންކް ޝަރްމާގެ ކައިވެނީގެ ހަފްލާއަށެވެ. މި ހަފްލާގެ ފޮޓޯގްރަފަރަކީ ޝްރައްދާގެ ލޯބިވެރިޔާ ރޯހަން ޝްރެސްތާ އެވެ. އޭނާ އަކީ ސެލެބްރިޓީ ފޮޓޮގްރާފަރެކެވެ. ބަތަލާ ޝުރައްދާ އާއެކު އޭނާގެ ގާތް ރަހުމަތްތެރިޔާ އެކްޓަރު ވަރުން ދަވަން ވެސް ރާއްޖެއަ އެވެ.

ބަތަލާ އެންމެ ފަހުން ފެނިގެން ދިޔައީ ޓައިގާ ޝްރޮފް އާއެކު "ބާގީ 3" އިންނެވެ. ޝްރައްދާ އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ނާގިން، ސްޓްރީ 2 އަދި އަދިތްޔަމް ހިމެނެއެވެ.