17 Mar 2021, 22:03
ރާއްޖެއިން މިއަދު އިތުރު 142 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 11 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހުން ކަމަށެވެ.
މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 21،961އަށް ވަނީ އަރާފަ އެވެ.
މިވަގުތު 2،371 އެކްޓިވް ކޭސް ހުރިއިރު، އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 118 މީހުންނަށެވެ.
މިއަދު 177 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 19،519 އެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފަ އެވެ.