17 Mar 2021, 16:51
ދ. ކުޑަހުވަދޫ އިން ހަ މީހަކު ޕޮޒިޓިވް ވެ ރަށް މޮނީޓަރިން އަށް ލައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ ރަށު އެއާޕޯޓު ގައި މަސައްކަތް ކުރާ ހަ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކުޑަހުވަދޫ މޮނީޓަރިން އަށް ލާފައިވާ ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 21،819 އަށް އަރައިފައެވެ.
ބައްޔަށް މިވަގުތު 2،406 މީހުން ފަރުވާ ހޯދަމުންދާއިރު 126 މީހުން ތިބީ ހޮސްޕިޓަލުގައެވެ.
ބަލި ޖެހުނު 19،342 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ކޮވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފައެވެ.