އައްޑޫ ސިޓީ މަރަދޫފޭދޫ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ހަލާކުކޮށްލައިގެން ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު 05:45 ހާއިރު އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިގެ ތިޖޫރީ އިން 7000 ރުފިޔާ ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.