17 Mar 2021, 10:39
ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.
ބްރޯޑްބޭންޑް ހިދުމަތަށް ބުރޫ އެރީ މިއަދު ހެނދުނު އެވެ. ދިރާގުން ބުނީ، މިއަދު ހެނދުނުން ފެށިގެން ބައެއް ކަސްޓަމަރުންނަށް ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ލިބުމުގައި ދަތިތަކެއް އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.
މައްސަލަ ހައްލުކުރުގެ މަސައްކަތް ފެށިތާ ގަޑިއެއްހާ އިރު ފަހުން، މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.
ދިރާގުން ވަނީ ކަސްޓަމަރުން ބެހެއްޓި ކެތްތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.