16 Mar 2021, 22:11
ރާއްޖެއިން އިތުރު 153 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ އާންމު ކުރި ހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން 132 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުން 13 މީހަކު އަދި ރިސޓުތަކުން ދެމީހެއް، ލިވަބޯޑުތަކުން ތިން މީހެއް އަދި ހަދަމުންދާ ރިސޯޓުތަކުން ތިން ކޭސް މިއަދު ވަނީ ފެނިފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 21،819 އަށް އަރައިފައެވެ.
ބައްޔަށް މިވަގުތު 2،406 މީހުން ފަރުވާ ހޯދަމުންދާއިރު 126 މީހުން ތިބީ ހޮސްޕިޓަލުގައެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 94 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ބަލިންރަނގޅުވި މީހުންގެ ޖުމްލަ ވަނީ 19،342 އަށް އަރައިފައެވެ. ރައްޖޭގައި ކޮވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފައެވެ.