އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން މާލޭގައި މިއަދު ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރުން ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި މުހައްމަދު ޝަހިދު ހިމެނޭ ކަމަށް ހީނާ ވިދާޅުވި އެވެ.

އިދިކޮޅުން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރާ މީހުން ދޫކޮށްލަނީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.

މާލޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން މާލޭގެ މަގުމައްޗަށް އެއްވުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފުވެގެންް ޕީޕީއެމް އާއި ޕީއެންސީ ވަނީ ޖުމްލަ 50،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.