ރޯދަމަހަކީ އެހެން މަސްމަހާ ހިލާފަށް ކާބޯތަކެތި ގިނައިން ގަންނަން ޖެހޭ މަހެކެވެ. ގިނަ ގޭބިސީތަކުން ގަނޑުކޮށް ފިޔާ އަދި ބިސް ފަދަ ތަކެތި ގަންނައިރު، އާންމު ގޮތެއްގައި ރޯދައާ ދިމާކޮށް މިތަކެތީގެ އަގުވެސް ބޮޑުވާކަން ފާހަގަކުރެވެ އެވެ.

އެހެން ނަމަވެސް ރެޑްވޭވުން ވަނީ ވަރަށް ހާއްސަ އަގުތަކެއްގައި ފިޔާ، އަލުވި އަދި ބިސް ވިއްކުމުގެ މަސައްކަތް ފަށާފަ އެވެ. ރޯދަ މަހާ ދިމާކޮށް މިހާރުވެސް ބިހުގެ އަގު ވަނީ 1.50 ރުފިޔާއަށް ބަދަލުކޮށްފަ އެވެ.

ރެޑްވޭވުން ބުނީ ފިޔާ އަދި އަލުވީގެ އާ ޝިޕްމަންޓެއް ލިބުމާއެކު ވަރަށް ބޮޑުތަނުން އަގުހެޔޮ ކުރާނެ ކަމަށެވެ. މިކަން ރޯދަމަސް ނިމެންދެން ކުރިއަށްދާނެ ކަމަށް ވެސް ރެޑްވޭވްއިން ބުނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު ވެސް ރެޑްވޭވުގެ އަމާޒަކީ ޒަރޫރީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ރޯދަމަހާ ދިމާކޮށް ހައިސެންސް އަދި ޝާޕް ބްރޭންޑުގެ އިލެކްޓްރޯނިކްސްގެ އިތުރުން ރޯދައަށް ހާއްސަ ގިނަ އައިޓަމްތަކެއް ވަރަށް ހެޔޮއަގުގައި ލިބިގެންދާނެ ކަމަށް ވެސް ރެޑްވޭވްއިން މައުލޫމާތު ދެ އެވެ.