15 Mar 2021, 22:19
ކޮވިޑް19 އަށް މިއަދު ރާއްޖެއިން 94 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު ކުރި ކޮވިޑް ތަފާސްހިސާބުތައް ދައްކާގޮތުން، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 80 މީހުންނެވެ.
ދެން ހިމެނެނީ އަތޮޅުތެރެއިން ޕޮޒިޓިވްވި 7 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހަކާއި އިންޑަސްޓްރިއަލް ރަށަކުން ޕޮޒިޓިވްވި މީހެކެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ޓެސްޓުކޮށްފައި ވަނީ 4561 ސާމްޕަލް އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،666އަށް އަރާފަ އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 150 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 19،245 އެވެ.
މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،350 އެވެ. އޭގެ ތެރެއިން 127 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.