04 Feb 2012, 15:35
އެމްޑީޕީން "އިންސާފުގެ ދަތުރު" ގެ ނަމުގައި މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ބާއްވާ ބޮޑު އެއްވުމުގެ ފަންޑަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޕާޓީގެ އެމްޑީޕީ ފަންޑްރައިސިން ކޮމިޓީން ބުނެފި އެވެ.
އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ ބޮޑު އެއްވުމަށް ފައިސާ ހޯދަން ފަންޑެއް ހުޅުވީ މިދިއަ ބުރާސްފަތި ދުވަހުގެރޭ "އިންސާފުގެ ދަތުރު" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޕާޓީގެ މައި ހަރުގޭގައި ކަމަށެވެ. އަދި ބުނީ ބޮޑު އެއްވުމުގެ ފަނޑު ފޮށި ހުޅުވިތާ ދެދުވަހުގެ ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ބޮޑު އެއްވުމަށް އަމާޒުކޮށް އެމްޑީޕީން ފަންޑެއް ހުޅުވީ އަތޮޅުތަކުން އެއްވުމުގައި ބައިވެރިވުމަށް ގިނަ ބަޔަކު މާލެ އައުމަށް ހަމަޖެހިފައިވާތީ އެ މީހުންގެ ދަތުރަށް ވަރަށް ބޮޑު ޚަރަދެއް ޕާޓީން ކުރަން ޖެހޭތީ ކަމަށް ވެސް ޕާޓީން ބުންޏެވެ.
"އަދިވެސް އިތުރު އެހީތަށް ބޭނުންވޭ،" އެމްޑީޕީން ބުންޏެވެ.