ޕާމަނަންޓް ސެކެޓްރީއަކާމެދު އާނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރު ހިތްހަމަ ނުޖެހޭނަމަ، މަގާމުން ވަކިކުރެވޭ ގޮތަަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެއްޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދެމެވެ.

މިއަދު މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އެ ބިލުގައި ޕީއެސް ވަކިކުރެވޭނެ ހާލަތްތައް ބަދަލު ކުރުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން ރޮޒައިނާ ހުށަހެޅުއްވީ ޕާމަނަންޓް ސެކެޓްރީއަކަށް މިނިސްޓަރު އިތުބާރު ނެތް ނަމަ އޭނާ މަގާމުން ވަކިކުރެވޭނެ ސަބަބެއްގެ ގޮތުގައި ހިމެނުމަށެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން، ޕާމަނެންޓް ސެކްރެޓްރީ ވަކިކުރެވޭނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި ވަޒީފާއިން ވަކިކުރެވޭނެ ހާލަތައް ބަޔާންކޮށްފައިވެއެވެ.

އެ ހާލަތްތައްކަކީ:

  • ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުން.

  • ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވިކަން ކޮމިޝަނަށް ސާބިތުވުން.
  • ޕީއެސްގެ ވަޒީފާ ލިބިފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށްކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވުން
  • ނިޔާވުން
  • މަގާމުން އިސްތިއުފާ ނުދީހުރެ، އިންތިހާބީ މަގާމަށްކަމަކަށް ކުރިމަތިލުން.

ޕީއެސްީ ވަކިކުރުމުގެ ހާލަތަށް ބަދަލުގެނައުމުގެ އިތުރުން، ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށްވެސް އިސްލާހު ހުށަަހާޅާފައިވެއެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުންނަށް މަދުވެގެން ދެ އަންހެން މެމްބަރުން އައްޔަން ކުރުމަށް ހިމަނާފައެވެ. އަދި ސިވިލްސާވިސްގެ ވަޒީފާ ދޭ މީހުންނަކީ 60 އަހަރުން ދަށުގެ މީހުން ކަމަށް ހެދުމަށް އިސްލާހުތަކުގައިވ ެއެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެ ވަޒީފާތަކަށް ނެގެނީ 55 އަހަރުން ދަށުގެ މީހުންނެވެ.