އެޗްްޕީއޭގެ މިންގަނޑާ ހިލާފުވެގެން ސިޔާސީ ޕާޓީތައް ޖުމްލަ 55،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާތީ، އެމްޑީޕީ ޖޫރިމަނާ ކުރީ 5،000 ރުފިޔާ އިން ކަމަށާއި، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ޖޫރިމަނާ ކުރީ ކޮންމެ ޕާޓީއެއް 25،000 ރުފިޔާ އިން ކަމަށެވެ.

އިދިކޮޅު ދެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ މުޒާހަރާ ކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، ކޮންމެ ޕާޓީއެއް 25،000 ރުފިޔާ އިން ޖޫރިމަނާ ކުރީ ކަމަށެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހު ގިނަ މީހުން އެއްކޮށްގެން ހުޅުމާލޭގައި ޖަގަހައެއް ހުޅުވާފަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުން ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައިި އެއްފަހަރާ ފަސް މީހުން އެއްތަނަކަަށް އެއްވުމަކީ މަނާކަމެކެވެ. އަދި ދެމީހުންގެ ދެމެދު ތިން ފޫޓު ދުރުމިން ބަހައްޓަން ޖެހެ އެވެ.

އެމްޑީޕީގެ އެއްވުމުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާއިރު، އެއްވެސް ފިޔަވަޅެއް ނާޅާތީ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔައިފަ އެވެ. މީގެކުރިން ވެސް އެމްޑީޕީން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ޖަލްސާ ބާއްވައިފަ އެވެ. ނަމަވެސް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

އިދިކޮޅު މުޒާހަރާތަކަކީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފް ހަރަކާތެއް ކަމަަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާތަކަށް ޖާގަ ނުދޭނެ ކަމަށް ބުުނެފައެވެ. އަދި މުޒާހަރާތަަކާ ދިމާކޮށް، ފުލުހުން އަންނީ ޕީޕީއެމް އޮފީސް ހުންނަ މަގު ބަންދުކުރަމުންއެވެ. އެހެން އެކަން ކުރާތީ، އެކަން ހުއްޓުވުމަށް އިދިކޮޅުން މިހާރު ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ.

ޕީޕީއެމްގެ މުޒާހަރާތަކުގެ ބައެއް ބައިވެރިން ހައްޔަރުކޮށް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.