14 Mar 2021, 22:37
ކޮވިޑް19 އަށް މިއަދު ރާއްޖެއިން 96 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 75 މީހުންނެވެ.
ދެން ހިމެނެީ އަތޮޅުތެރެއިން ޕޮޒިޓިވްވި 10 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި އިންޑަސްޓްރިއަލް ރަށަކުން ޕޮޒިޓިވްވި މީހެކެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ޓެސްޓުކޮށްފައި ވަނީ 3076 ސާމްޕަލް އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 21،572އަށް އަރާފަ އެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 128 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 19،095 އެވެ.
މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،406 އެވެ. އޭގެ ތެރެއިން 125 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.