14 Mar 2021, 19:40
ލ. ގަމު މުކުރިމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވީ ދެ އަންހެނުންނަށާއި ބިދޭސީ ފިރިހެނަކަށް ކަމަށެވެ. އަނިޔާވީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި 32 އަހަރުގެ ބިދޭސީ އަކަށެވެ.
އެ ތިން މީހުންނަށް ވެސް މިހާރު އަންނަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.