އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި މީހުން ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މުޒާހަރާ އިން އިއްޔެ ހައްޔަރު ކުރި 25 މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

އެ އެންމެން ވެސް ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ނުބުނެ އެވެ.

އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ލައްވާ އަބްދުއްރަހީމް އަބްދުﷲ އާއި އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ކައުންސިލް މެންބަރުން ވެސް ހިމެނެ އެވެ.

މިދިޔަ ހަފްތާގައި ވެސް އިދިކޮޅުން ކުރި މުޒާހަރާ އިން ހައްޔަރު ކުރި މީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހު އެވެ.