ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގައި ހުންނަ ކްރިމަނަލް ކޯޓްގެ ގޯތޯގައި އެއާ ކޯނެއް ހަރުކުރަން އުޅުން އުޅުނު ދެ މީހަކު ވެއްޓި ބޯފެޅި އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ ހައިކޯޓު ސަރަހައްދުގައި އޭސީ އެއް ހަރުކުރަން އުޅުނު ދެ މީހަކު ވެއްޓި ބޯފެޅިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

މާރުކޭޓު ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ ހައިކޯޓު ކައިރީ ސްލިންގް ޖަހައިގެން މައްޗަށް އަރައި އޭސީ ހަރުކުރަން އުޅެނިކޮށް ވެއްޓި ބޯފެޅިފައިވާ ކަމަށެވެ.

މަސައްކަތް ކުރަން ސަލާމަތީ ގޮތުން ފިިޔަވަޅުތައް ނާޅާ އުސްތަންތަނަށް އަރައި އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ވެއްޓި މީހުންނަށް އަނިޔާވެފައި އެބަހުއްޓެވެ.