ބަނގުރާފުޅިއަކާއެކު ފުލުހަކު އަތުލައިގެންފި އެވެ.

ފުލުހުން މިރޭ ބުނީ، ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިއަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"މި މައްސަލަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހެއް،" ފުލުުން ބުންޏެވެ.

އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.