12 Mar 2021, 22:12
މިއަދު ރާއްޖެއިން ކޮވިޑް19އަށް 114 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އެއާއެކު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2،500އަށް އަރާފަ އެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 10 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 124 އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،462 ސާމްޕަލް އިން ގިނަ މީހުން ޕޮޒިޓުވްވެފައިވަނީ މާލެ ސިޓީންނެވެ. އެގޮތުން މާލެ ސިޓީން 86 މީހަކު، އަތޮޅު ތެރެއިން 14 މީހަކު އަދި ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 21382 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 85 އެވެ. އެއާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 18،780 އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،531 އެވެ. އޭގެ ތެރެއިން 133 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 64 އެވެ.