12 Mar 2021, 21:19
އެމްޑީޕީން މިއަދު ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާ އަކީ އެޗްޕީއޭގެ ހުއްދައާއެކު ބޭއްވި ޖަލްސާއެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ހުޅުމާލޭގައި ގިނަ މީހުންތަކެއް އެއްކޮށް ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާއަކީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް ބޭއްވި ޖަލްސާއެއްކަމަށް ބުނެ ފާޑުކިޔުންތައް އެޕާޓީއަށާއި އެޗްޕީއޭއަށް ވަނީ އަމާޒުވެފައެވެ.
އެކަމާ ގުޅިގެން އެޗްޕިއޭގެ ހުއްދައިގެ ލިޔުމާއެކު އެމްޑީޕީ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެޗްޕީއޭގެ ހުއްދައާއެކު ބޭއްވި ޖަލްސާއެއް ކަމަށެވެ.
އެމްޑީޕީން އެގޮތަށް ޖަލްސާ ބޭއްވުމުން އިދިކޮޅު ޕީޕީއެމްވަނީ އެޗްޕީއޭއަށް ފާޑުކިޔާފައެވެ.