13 Mar 2021, 07:59
މުހައްމަދު ވިޝާލް ނުވަތަ ރޯމަން މިވަނީ ކުރީ ރޭގައި އަހަރެމެންނަށް ނިކަން ރަނގަޅު ހަދިޔާއެއް އޭނާގެ އިންސްޓަގްރާމުން ދީފަ އެވެ. ދިވެހި ފިލްމް އިންޑަސްޓްރީ މިހާތަނަށް ދުށް އެންމެ ވަރުގަދަ އަންހެން ތިން ފަންނާނުންނާ އެކީގައި އޭނާ ވަނީ ޓިކްޓޮކްއެއް ކުޅެފަ އެވެ. މިގޮތުން އެންމެ ބޮޑު ސަޕްރައިޒަކަށްވީ އޭނާގެ ޓިކްޓޮކްއެއްގައި ކުރީގެ އެންމެ ފުންނާބު އުސް އެއް ފިލްމީ ތަރި ކަމުގައިވާ މަރިޔަމް ނިޝާ ފެނުމުންނެވެ.

ރޯމަން އާއި ޝިރާނީ ޓިކްޓޮކްއެއްގައި ---
ރޯމަން ބުނާ ގޮތުގައި މިއީ އަދި ނަންހާމަ ނުކުރާ ޝޯއެއްްގެ ސެޓުން އެ ތިން ފަންނާނުންނާ ބައްދަލުވުމުން ކުޅެފައިވާ ޓިކްޓޮކްތަކެކެވެ.
"ސިސްޓާ (ނިއުމާ) ކުރިން ވެސް ދަންނަން. ދެން ވަރަށް ކްލޯޒް އަބަދުވެސް ވަރަށް ހެލްޕްފުލް ވާނެ. އެހެންވީމަ ސިސްޓާޢާއިއެކު ޓިކްޓޮކެއް ކުޅެލަން ހަމަ ވަރަށް ކޮމްފޯޓަބަލް. ދެން ނިޝާއާއި ޝިރާނީ އާއި ބައްދަލުވީ ހަމަ މުޅިން އަލަށް. ދެން ރޯމަން ގޮސް ފުރަތަމަ ވާހަކަ ދައްކާލާފައި ރިކުއެސްޓްކުރީ ރޯމަންއާ އެކީގައި އޮންސްކްރީނަކުން ދުވަހަކު ވެސް ފެނިދާނެ ކަމަށް ނޭނގޭތީ ޓިކްޓޮކްއެއް ކުޅެލަން." ރޯމަން އެކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުންޏެވެ.

ނިއުމާއާއި އެކު ރޯމަން ކުޅެފައިވާ ޓިކްޓޮކްގެ މަންޒަރެއް---
ނިއުމާއާ އެކީގައި ރޯމަން ޓިކްޓޮކްއެއް ހެދީ 'އިންކާރުކުރަން ސީދާ' އެ ލަވައަށެވެ. ނިޝާއާ އެކީގައި އޭނާ ޓިކްޓޮކްހެދީ މަރިޔަމް ނިޝާގެ އެންމެ ކާމިޔާބު އެއް ލަވަ ކަމުގައިވާ 'މޫނޭ ތިއީ ހިތް އެދޭ' އަށެވެ. އަދި ޝިރާނީ އާއި އެކީ ގައި ފެނުނީ އޭނާގެ އެންމެ ކާމިޔާބު ފިލްމު ކަލާޔާ ނުލާގެ 'ނޭދެން ވަކިވާކަށް' އެ ލަވައަށް ހެދި ޓިކްޓޮކްއަކުންނެވެ. ރޯމަން ބުނީ މި ލަވަތަކަކީ ހުސްވެސް ރޯމަންގެ ޗޮއިސްތައް ކަމަށެވެ. މި ތިން ޓިކްޓޮކްއަކީ ވެސް ހަމަ އެއް ޝޮޓުން ނެގި ޓިކްޓޮކްތަކެކެވެ.
ފިލްމީ މަސައްކަތްތަކުގައި ސްކްރީންގެ ފަހަތުން އަދިވެސް ނިއުމާ ފެންނައިރު، ޝިރާނީ ވެސް ވަނީ މީގެ ދެތިން އަހަރެއްކުރިން އިންޓަވިއުތަކުން ފެންނަން ފަށައިފަ އެވެ. ނަމަވެސް މަރިޔަމް ނިޝާގެ މިފަދަ ގޮތަކަށް މިފެނުނީ ބޮޑު ބްރޭކަކަަށް ފަހު އޭނާ އެނބުރި އަންނަ ކަހަލަ އަޑުތަކެއް އިވެން ފަށާފައި ވަނިކޮށެވެ.
މިގޮތުން ނިޝާ އެނބުރި އަންނަ ވާހަކަތައް މާބޮޑަށް ދެކެވެންފެށި ސަބަބުތަކުގެ ތެރޭގައި ނިއުމާ އާއި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާ އެކު ހުޅުމާލޭގައި ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކުން ފެނުމާއި އަދި އެހެން ނޫހަކަށް ދީފައިވާ އިންޓަވިއުއެއް ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި ނިޝާ އެނބުރި ސްކްރީނަަށް ގެނައުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަނީ މުހައްމާ އެވެ.
ހަމަގައިމު ވެސް ދިވެހި ފިލްމު އިންޑަސްޓްރީގެ 'ރާނީ ގެ' ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ނިޝާ އެނބުރި އައުމަކީ އެތައް ބަޔަކަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.