އެވިޑް ކޮލެޖްގެ މޭ އިންޓޭކް 2021 އަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޭ އިންޓޭކް 2021 ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

އެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ހުރިހާ ފެކަލްޓީއަކުން، އެ ފެކަލްޓީ އަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުސްތާގު ވިދާޅުވީ އެވިޑް ކޮލެޖްގެ އަމާޒަކީ އަބަދުވެސް ތަފާތު ވައްތަރުގެ ކޯސް އަދި ތަފާތު ވައްތަރުގެ ޕްރޮގްރާމްތައް، އިލްމީ އަދި ގާބިލް ބޭފުޅުންނާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.

އެވިޑް ކޮލެޖްގެ މޭ އިންޓޭކް 2021ގައި، ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް އާ ހަމައަށް، އެކި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖްގެ ފެކަލްޓީތަކުގެ ތެރޭގައި، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، އަދި ފެކަލްޓީ އޮފް ހިއުމަން ޑެވެލޮޕްމެންޓް ހިމެނެ އެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޑަޑިޒް އަކީ ވެސް އެވިޑްކޮލެޖުގައި ހިނގާ ފެކަލްޓީތަކެވެ.

މި ފެކަލްޓީ ތަކުން މަތީ ތައުލީމުގެ އެކި ގިންތިތަކަށް އަމާޒުކޮށް އެކި ދައިރާތަކުން ތަފާތު ކޯސްތައް ހިންގައެވެ. އަދި މި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ފީ ދެއްކުމަށް މިފަހަރު ވަނީ ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމާއި ފީ ދެއްކުމުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑުގެ ދަރިވަރުންގެ ޝަކުވާތައް ހައްލުކޮށް އަދި އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެންމެ ފުރިހަމަ އަށް ފޯރުވައިދިނުމަށް ސްޓޫޑެން ސަޕޯޓް ސާވިސަސް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ.

އެވިޑު ކޮލެޖުން ބުނީ މުޅި ދުނިޔެއަށް މި ދުވަސްވަރު ކުރިމަތިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް އެކޮލެޖްގެ މަސައްކަތް ހުއްޓާނުލައި، އޮންލައިންކޮށް ކުރިއަށް ގެންދާ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ކޮލެޖުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެވިޑް ކޮލެޖްގެ ފަރާތުން ނިކުންނަ ދަރިވަރުންނަކީ ގައުމު ބިނާ ކުރާނެ ދަރިންކަމުގައި ވުމަކީ އެއްމެ ބޮޑު ހުވަފެން ކަމަށް ކޮލެޖްގެ މުސްތާގު ވިދާޅުވިއެވެ. އަދި ފުރުސަތުގެ ބޭނުން ހިފާ، މޭ އިންޓޭކްއަށް އެޕްލައި ކުރުމަށް ހުރިހާ ދަރިވަރުންގެ ކިބައިންވެސް އެދިވަޑައިގަތެވެ.

ތިރީގައި މިވާ ލިންކުން އެވިޑުގެ ކޯސްތަކަށް އެޕްލައި ކުރެވޭނެ އެވެ.

https://www.avidcollege.edu.mv/online-application-form/

2005 ވަނަ އަހަރު އުފެދުުނު އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖްގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ގާއިމްކޮށްފައި ވެއެވެ.