10 Mar 2021, 22:17
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 110 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 84 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ދެ މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހުން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 21،144އަށް އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 2،539 މީހުން ތިބި އިރު އޭގެ ތެރެއިން 164 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.
މިއަދު 115 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 18،534 އެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 64 އެވެ.