04 Feb 2012, 08:13
މާރާމާރީ ހިންގަން ކަމަށް ބެލެވޭ ހަތިޔާރާއި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާތަކެއްޗާއިއެކު ހައްުޔަރުކުރި ތިން މީހުން ތިބި ގެއިން ފެނުނު ހަތިޔާރާއި މަސްތުވާތަކެތި ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ހަތިޔާރާއި މަސްތުވާ އެއްޗެއްސާއެކު ތިން މީހުން ހައްޔަރުކު ކުރީ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މއ. ކުއްޅަފިލާގެ ބަލާ ފާސްކުރުމުގެ ތެރޭގައި ބުރާސްފަތި ދުވަހުގެރޭ 11:15 އެހާކަންހާއިރު ކަމަށާއި އެ ތިން މީހުން ހައްޔަރުކުރީ އެ ގޭ ތެރޭގައި ތިއްބާ ކަމަށެވެ.
ތިން މީހުން އެގޭ ތެރޭގައި ތިބި އިރު މާރާމާރީ ހިންގުމަށް ކަމަށް ބެލެވޭ ކަނޑިއަކާއި ވަޅިތަކަކާއި ދަގަނޑު ބުރިތަކެއް ފެނިފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.