04 Feb 2012, 08:29
ރާކޭސް ރޯޝަންގެ "ކްރިސް 3" ގެ ބައެއް މަންޒަރުތައް ނެގުމަށް ރިތިކް ރޯޝަން އާއި ޕްރިޔަންކާ ޗޯޕްރާ ހައިދަރުއާބާދަށް ހިނގައްޖެ އެވެ.
ރިތިކް ރޯޝަނަށް އަގްނީޕަތު އިން ލިބުނު ކާމިޔާބީއަށް ފަހު، މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަ ކްރިސް 3 ގެ މަންޒަރުތައް ނެގުމަށްޓަކައި ހައިދަރްއާބާދުގައި ވަނީ ހާއްސަ ސެޓަޕެއް ހަދާފަ އެވެ. މިސެޓަޕް ހަދާފައިވަނީ މުމްބާއީގައި ހުންނަ ބޮޑު ބެންދްރާ ކާލާ އޮފީސް ކޮންޕްލެކްސް ސިފަކޮށްދޭ ގޮތަށެވެ.
ސުޕަ ހީރޯއެއްގެ ހުނަރުތައް ދައްކުވައިދޭ މި ފިލްމްގެ ގިނަ މަންޒަރުތައް ނެގުމަށް ހަމަޖައްސާފައި ވަނީ އެތަނުގަ އެވެ. މުމްބާއީގެ ޓްރެފިކް ބޯ މަގުތަކުގައި ކްރިސް 3 ގެ މަންޒަރުތައް ދައްކުވައިދިން ނަމަވެސް އެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހައިދަރުއާބާދުގައި ހަދާފައިވާ ސެޓަޕްގަ އެވެ.
ހައިދަރުއާބާދުގަ އާއި މުމްބާއީގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މިފިލްގެ ޝޫޓިން ފަށާފައިވާއިރު ރިތިކް ވަނީ މީގެ އެތައް މަހެއް ކުރިން މިފިލްމަށްޓަކައި ތައްޔާރުވާން ފަށައިފަ އެވެ.