ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގައި ކޮވިޑް19ގެ 112 އެކްޓިވް ކޭސް އެބައޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިާޅުވީ އެ ރިސޯޓުން އިއްޔެ ތިން ކޭސް އަދި މިއަދު ދެ ކޭސް ފެނިފައިވާ ކަމަށެވެ.

އަނަންތަރާ ކިހާވަށް ވިލާސްގައި 87 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ ރިސޯޓުތަކުން ވަނީ 12 މީހަކު ޕޮޒިޓިވް ވެފައެވެ.

ރިސޯޓުތަކުގައި ހުރި އެކްޓިވް ކޭސްތަކުގެ ޖުމްލަ މިރޭ ޑރ. ނަޒްލާ ވިދާޅެއް ނުވެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ރިސޯޓުތަކުން ކޮވިޑް ކޭސްތައް ފެންނަ ކަން އެޗްޕީއޭގެ ހިސާބުތަކުން އެނގެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް19ގެ 2،535 އެކްޓިވް ކޭސް އެބައޮތެވެ. އޭގެ ތެރެއިން 165 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި 64 މީހަކު ރާއްޖެއިން މަރުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 18،428 މީހުންނެވެ.