ޓްރީޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މާދަމާ އިން ފެށިގެން ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕީސީއާރު ޓެސްޓު ހަދައިދޭނީ 699 ރުފިޔާ އަށް ކަމަށެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓު ހަދައިދޭނީ 45 ޑޮލަރު (694 ރުފިޔާ) އަށް ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް އިން ބުނީ އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ހަދައިދޭ އަގުތަކަށް ބަދަލު ގެނެސް އަގު ހެޔޮކުރީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނީ އެ ހޮސްޕިޓަލަށްދާ ގެސްޓުން (ބަލިމީހުން)ނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށާއި ގެސްޓުންގެ ސަލާމަތައި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.

ޓްރީޓޮޕުން ޕީސީއާރު ޓެސްޓިންނަށް ބުކިން ހެދުމަށް ގުޅާނީ 3351610 އަޓްރީށެވެ.