03 Feb 2012, 21:26
ރާއްޖޭގައި މިހާތަނަށް ހުޅުވި ނިޕޯން ޕެއިންޓްސްގެ އެންމެ ބޮޑު ޝޯރޫމް، އެސްޓީއޯ އިން ހުޅުވައިފި އެވެ.
އެސްޓީއޯ ހޯމް އިމް އިމްޕްރޫވްމަންޓާ ޖެހިގެން ހަވީރުހިނގުމުގައި ހުންނަ ޝޯވް ރޫމް، ހާއްސަ ރަސްމިޔާތަކާ އެކު ރޭ ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރާއި ނިޕޯން ޕެއިންޓްސް ސިންގަޕޫރުގެ ސީނިއާ ސޭލް މެނޭޖަރު ރޮބާޓް އޮންގެ އެވެ.
އެސްޓީއޯ އިން ބުނީ އެ ޝޯރޫމުން ކުލައާއި ދަވާދު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި ކުލަ ލުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެ ޝޯރޫމުން ލިބެނޭނެ ކަމަށެވެ.
"ނިޕޯން މެރިން ޕެއިންޓް، ޑިމްބާ ކޯޓް އަދި ރޫފް ޕެއިންޓް، ޕެއިންޓް ކުރުމަށް ބޭނުންވާނެ ސަމާނު، މިސާލަކަށް ފިހި، ޑްރޮޕް ކޮލޯތު ވެސް ލިބެން ހުންނާނެ." އެސްޓިއޯ އޮފިޝަލު ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ މިހާރު ވެސް ނިޕޯން ޕެއިންޓާ ގުޅިގެން ތައްޔާރު ކުރާ ކުލަތަކުގެ އިތުރަށް އެ ޝޯރޫމާ އެކު އިތުރަށް އެ ވިޔަފާރި ފުޅާވެގެންދާ އިރު ކުލަ ތައްޔާރު ކުރުމަށް ބޭނުންކުރާ ކަލަ ސިސްޓަމުން ކުރިން ތައްޔާރުކޮށްދެމުން ދިޔަ ކުލަތަކުގެ އިތުރުން ވަރަށް ގިނަ ކުލަތައް އުފެއްދުމުގެ ގާބިލްކަން މިހާރު ލިބިފައިވާ ކަމަށާއި އެގޮތުން 77000 އަށް ވުރެ ގިނަ ކުލަތައް ތައްޔާރު ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.
"ނިޕޯން ބްރޭންޑްތަކުގެ ތެރެއިން އިންޓީރިއާ ]އެތެރޭގައި ލާ ކުލަ[ އާއި އެކްސްޓީރީއާ ]ބޭރު ފާރުތަކުގައި ލާ ކުލަ[ އަދި ދަވާދު މި ތަނުގެ ސިސްޓަމުން ލިބެން ހުންނާނެ." އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލެގެ އިތުރުން މިހާރު ވެސް އެސްޓީއޯގެ 12 ރީޖަނަލް ފިހާރައަކުން ނިޕޯން ޕެއިންޓްސްގެ ކުލަތައް ލިބެން ހުރެ އެވެ. އެ ފިހާރަތަކުގެ ތެރޭގައި ހުޅުމާލެ އާއި ހދ. ކުޅުދުއްފުށި އަދި ސ. މަރަދޫފޭދޫ އެސްޓީއޯ އިން ވެސް ބޭނުންވާ ކުލަ އާއި ދަވާދު ހެދޭނެ ކަލާ ސިސްޓަމް ގާއިމްކޮށްފައިވެ އެވެ.
ރެއިން ފެށިގެން ނިޕޯން ޕެއިންޓް އާ ޝޯރޫމުން ކުލަ ގަތުމުން އިނާމް ލިބޭ ގޮތަށް ހަފްތާ އަކަށް ދެމިގެންދާ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެ ކަމަށް އެސްޓިއޯ އިން ބުންޏެވެ.