03 Feb 2012, 15:08
ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ ކާރުގެ ބިއްލޫރުގަނޑު ރޭ ބަޔަކު ތަޅާލައިފި އެވެ.
އަލްހާން ކާރުގެ ފަހަތު ބިއްލޫރިގަނޑާއި ވައަތްފަރާތު ފަހަތު ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ކާރު ޕާކިން ޒޯނުގައި ޕާކްކޮށްފައި އޮއްވަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ މަލޭގެ އެކި ސަރހައްދުތަކުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި އަލްހާނު ފަހުމީގެ ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން ހިއުމަން ރިސޯސް މިނިސްޓްރީގެ ބިއްލޫރިގަނޑާއި މަޖީދީމަގު މެގަަޗިޕްގެ ބިއްލޫރިގަނޑު ވެސް ބަޔަކު ތަޅާލާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީދިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ މާލޭގައި ހިނގާ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މަސްލަހަތު ނުގެއްލޭ ގޮތަށް މުޒާހަރާތެރޭގައި އަމަލްތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.