ބޮލީވުޑް އެކްޓްރެސް ލީސާ ހޭޑަން އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭކަން ހާމަކުރިއިރު އޭނާގެ "ބޭބީ ބަންޕް" ދައްކާލައިފި އެވެ.

ލީސާ އޭނާގެ ބަނޑުގެ ފޮޓޯ ނެގުމަށް ފަހު އިންސްޓަގްރާމްގައި ހިއްސާކުރުމަށްފަހު ބުނީ މިއީ އޭނާގެ އަންހެން ދަރިފުޅާ އޭނާ ކަމަށެވެ. ލީސާ އަށް ވަނީ މީގެ ކުރިން ދެ ކުދިން ލިބިފަ އެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. އޭނާ އާ ޑީނޯ ލާލްވާނީ އަށް ލިބުނި ދެ ކުދިން ތެރެއިން ދޮށީ ފިރިހެން ދަރިފުޅަށް ކީ ޒެކް ލާލްވާނީ އެވެ. ދެވަނަ ދަރިފުޅަށް ކީ ލިއޯ ލާލްވާނީ އެވެ. ފުރަތަމަ ދަރިފުޅު 2017 ވަނަ އަހަރު ލިބުނުއިރު ދެވަނަ ދަރިފުޅު ލިބުނީ މިދިޔަ އަހަރުއެވެ.

ކާމިޔާބު މޮޑެލް ލީސާ ވަނީ 'ކުއީން'، 'އައިޝާ'، 'އޭ ދިލް ހޭ މުޝްކިލް'، ؛ހައުސްފުލް 3' އަދި 'ދަ ޝައުކީންސް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

ލީސާ އާއި ޑީނީ ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ދެމީހުން ކައިވެނި ކުރީ އެއް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.