03 Feb 2012, 14:55
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާގައި ޤައުމީ ޕާޓީގެ ކައުންސިލް މެމްބަރު އަޙުމަދު އިބްރާހިމްދީދީ ]ސަންދާން އަހައްމައިދީ[ ބައިވެރިވެވަޑައިގެން ހުންނަވަނިކޮށް އޭނާގެ މޫނަށް ފުލުހުން ޖެހީ ވިހަ ސުޕްރޭއެއް ލަފާ ކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލުކޮޅުގައި އައިޖީއެމްއެޗްގައި އަވަސް ފަރުވާ ހޯއްދަވަމުންގެންދަވާ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަންދާނު އަހައްމައިދީ ޞުލްޙަވެރިކަމާ އެކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފަމުން ދަނިކޮށް، ރައީސް ނަޝީދުގެ އަމުރަށް ފުލުހުން ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައިވާ ކަމަށެވެ.
"ފުލުހުންގެ އަނިޔާވެރި އަމަލުގެ ސަބަބުން އަހައްމައިދީ މިހާރު ވަނީ އަޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ވަރަށް ސީރިއަސް ހާލުކޮޅުގަ އެވެ. އަހައްމައިދީއަށް އަނިޔާކުރުމުގައި ފުލުހުން ބޭނުންކޮށްފައި ވަނީ ވިހައެއް ކަމަށް ލަފާކުރެވޭ. އިތުރު ފަރުވާ ހޯދުމަށް ރާއްޖެ އިން ބޭރަށް ފުރޭ ވަރަށް ވުރެ އަހައްމައިދީގެ ހާލުކޮޅު ދެރަކަމުން ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ އަދި ޑޮކްޓަރުން ނުދެއްވާ. ބަޔާނުގައި ބުނެފައިވެ އެވެ.
ގައުމީ ޕާޓިން ބުނެފައި ވަނީ އަހައްމައިދީގެ މޫނަށް ވިހަ ސުޕްރޭ ޖެހި ފުލުހުންގެ ނަމާއި މަޢުލޫމާތު އެނގިވަޑައިގަންނަވާ އެއްވެސް ފަރާތަތެއްވާ ނަމަ، އެބޭފުޅުންނާއި ބެހޭ މަޢުލޫމާތު ވީހާ ވެސް އަވަހަށް ޤައުމީ ޕާޓީ އަށް އަންގަވައިދެއްވުން ހައްދަވައިދެއްވުވުމާށާއި އޭނާގެ މޫނަށް ފުލުހުން “ވިހަ” ސުޕްރޭ ކުރި މަންޒަރުގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވާ ނަމަ ޤައުމީ ޕާޓީއާ ޙިއްސާ ކޮށްދެއްވުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުން ޖެހީ ވިހަ ސުޕްރޭއެއް ނޫން ކަމަށާއި އެ މީހުން ޖެހީ ސްޓޭންޑަޑްގެ ސުޕްރޭ ކަމަށެވެ. އަދި ކަނޑައެޅިގެން އަހައްމައިދީގެ މޫނަށް ސުޕްރޭ ނުޖަހާ ކަމަށެވެ. ފުލުހުން ސުޕްރޭ ކުރަނީ މުޒާހަރާ ރޫޅާލުމަށް ކަމަށެވެ.