ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލާފައިވަނީ އިއްޔެ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.

އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެެނެނީ ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، އޫރުމަސް، ސިނގިރޭޓް، އިސްލާމްދީނާ ހިލާފް ތަކެތި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ މަނާތަކެއްޗާއި ބޭހެވެ.

އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުންނެވެ.