އެލް ރާއީ ޕްރޮޑިއުސްކޮށް، ވިނިލް މެތިއު ޑައިރެކްޓްކުރާ ފިލްމު "ހަސީން ދިލްރުބާ" ނެޓްފްލިކްސްގައި ރިލީޒްކުރަން ނިންމައިފި އެވެ.

ޝޫޓިން ފަށައިގެން ކުރިއަށްދާ މި ފިލްމަކީ ބޮލީވުޑްގެ ނުފޫޒުގަދަ ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ތްރިލާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ތާޕްސީ އާ އެކު ހަރަކާތްތެރިވާނީ ވިކްރަންތު މެސީއެވެ. ވިކްރަންތު އަކީ ފަހަކަށް އައިސް ގިނަ ފިލްމުތަކުން ޖާގަ ހޯދަމުން އަންނަ ތަރިއެކެވެ.

ހަސީން ދިލްރުބާ އަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް އޭރު ފިލްމުގެ މަސައްކަތް ނިންމިފައިނުވާތީ ފިލްމު އެޅުވޭ ގޮތް ނުވީ އެވެ.

ގިނަ ފިލްމުތަކުން ފެނިފައިވާ ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އުންމީދީ ބަތަލާ އެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިންކް"، "ބަދްލާ"، "ޖުޅްވާ 2" އަދި "ޕިންކް" ހިމެނެ އެވެ.