07 Mar 2021, 14:25
ރޭ ފަތިހު ފުވައްމުލަކުން މަހަށް ނިކުމެ އުޅުނު ޑިންގީގެ ހަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެެ.
ޑިންގިގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ ކޮށްފައެވެ.
ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑް ލޯންޗް ނޫރައްދީން އަދި ސީއެމްބިއުލާންސް ވެސް ބޭނުން ކުރިއެވެ.
އެމްއެންޑީއެފް އިން ބުނީ ޑިންގީގެ ހަބަރެއް އޭގެ ވެރިފަރާތަށް ވެފައިވާ ކަމަށާއި ޑިންގީގައި ތިބި މީހުންނާ އޭނާ އާ ފޯނުން ގުޅިފައިވާ ކަމަށެވެ.
އަދި އެ ޑިންގީ ފުވައްމުލަކަށް ދަތުރު ކުރަމުންދާ ކަމަށްވެސް ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.