މާލޭގެ ބާޒާރުމަތީ ފިހާރަތެއް ފަޅާލާ ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އެފަދަ މައުލޫމާތެއް މިއަދު 7:30 ހާއިރު ލިބިފަިއވާ ކަމަށެވެ.

"ބާޒާރުމަތީ ފިހާރަތަކެއް ފަޅާލާ ވައްކަން ްކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލަ އަކާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ބާޒާރުމަތިން ފަޅައިލީ ކިތައް ފހާރަކަމެއް އަދި ވަގަށް ގެންދިޔަ ތަކެއްޗާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުބުނެ އެވެ.