06 Mar 2021, 13:39
ކ. މާފުށިން ރޭ ދަންވަރު ގެއްލިގެން ހޯދަމުން ދިޔަ ފުރާވަރު އުމުރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.
އަުމުރުން 15 އަހަރުގެ އެކުއްޖާ ގެއްލިގެން ހޯދަން ފެށީ ރޭ ދަންވަރު 02:30 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުއްޖާ މާފުށީ ރެސްޓޯރަންޓެއްގައި އިންދާ ދާދި ދެންމެއަކު ފެނިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.