05 Mar 2021, 23:48
ސްޓޫޑެންޓްސް ޔޫނިއަން އޮފް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމްއެސްޔޫ)ގެ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"ފަހިޕޭ އައިޔޫއެމްއެސްޔޫ ގުރުއާން މުބާރާތް 1442"ގެ ނަމުގައި ބާއްވާ އެ މުބާރާތުގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާޗު 20 ވަނަ ދުވަހެވެ.
އެ މުބާރާތް ކުރިއަށްގެންދާނީ މައިގަނޑު ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 10 އަހަރުން ދަށުގެ ބަޔާއި 10 އަހަރާއި 18 އަހަރާ ދެމެދުގެ ބަޔާއި 18 އަހަރުން މަތީގެ ބައެވެ.
މީގެ ކުރިން އައިޔޫއެމްއެސްއިން ބާއްވަމުން އައި މުބާރާތްތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދާނީ ހަމައެކަނި ބަލައިގެން ކިޔެވުމުގެ ހާއްސަ މުބާރާތެއް ގޮތަށް، ވާޗުއަލްކޮށެވެ.
މީގެ އިތުރުން މިއީ އައިޔޫއެމްއެސްޔޫގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ގުރުއާން މުބާރާތް ވެސްމެ އެވެ.
އެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމުމި ލިންކުންފުރިހަމަކޮށްލެވޭނެ އެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު، އެ މުބާރާތުގެގަވާއިދުގައި ހިމަނާފައިވެ އެވެ.